Rilwan Shareef

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ” ސައިބަރ ސެކިއުރިޓީ އެންޑް ކޮމްބޭޓިންގ ސައިބަރ ކްރައިމް” އިންޓަރޕާގެ 8ވަނަ ކޮންފަރެންސްގައި ބައިވެރިވުމަށް އިންޑިއާގެ ގުޖްރާތަށް ގޮސްފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފެވެ.

ފެބުރުވަރީ 11ން 13ށް ކުރިއަށްދާ މިކޮންފަރެންސްގައި، ސައިބަރ ކްރައިމްއާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.