plc1

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން ސިޓީ ގަރލްސް އާއި އައިއެސްޑީ ރަނިން ޖާގަހޯދައިފިއެވެ.

މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އައިއެސްޑީ ރަނިން އާއި ޓީމް ޕޮލްކޯއެވެ. ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ސިޓީ ގަރލްސް އާއި ޕީސީޑީ ގަރލްސްއެވެ.

އައިއެސްޑީ ރަނިން ފައިނަލް ޖާގަހޯދީ ޓީމް ޕޮލްކޯއާ ވާދަކުރިމެޗުގެ ފުރިހަމަ ވަގުތު ހަމައިރު ދެޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީން 5-4 ން ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިއެސްޑީ ރަނިންގެ ކީޕަރު އައިޝަތު މުނިޔާއެވެ.

plc2

ސިޓީ ގަރލްސް ފައިނަލުން ޖާގަހޯދީ ޕީސީޑީ ގަރލްސް ގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ސިޓީ ގަރލްސް ފާތިމަތު އަޒުމާ އަޙްމަދުއެވެ.

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހުގެރޭ ހުޅުމާލެ ރެހެންދި ސްކޫލު ކައިރީ ފުޓްސަލް ދަނޑުގައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.