Shareef & Mifthah

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ  ރ.މަޑުއްވަރީ / ބްލޫސްޓާރ، ޙުސައިން ޝަރީފް (33އ) އާއި ރ.މަޑުއްވަރީ / ރިނބުދޫގެ އަޙްމަދު މިފްތާޙް (29އ)  އެވެ.

މިމީހުންގެ ތެރެއިން ޙުސައިން ޝަރީފް  ހޯދަމުންދަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ޙާޞިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 03ވަނަ ދުވަހުގެ 14:15ށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަޙްމަދު މިފްތާޙް ހޯދަމުންދަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ޙާޞިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 04 ވަނަ ދުވަހުގެ 10:00ށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.