Komandoo

          ށ.ކޮމަންޑޫގައި ވަޒީފާއަދާކުރަމުންދާ ބިދޭސީން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

  ށ.އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަމުންދާ ފޯންކޯލް ތަކަށް ސަމާލުވެ ރައްކާތެރިވުމާއި ކޭޝް ކާރޑްގައިވާ މަޢުލޫމާތު ހިއްސާކުރުމަށް އެދި ފޯންކޯލެއް އައި ކަމުގައި ވިޔަސް ކޭޝް ކާރޑްގެ މަޢުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފައިސާ ގެންގުޅުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެއިތުރުން ކުށުގެ ވެށިން އެއްވެސް އުނދަގުލެއް ކުރިމަތިވާކަމުގައިވާނަމަ ފުލުހުންނާ އެކަމެއް ހިއްސާ ކުރުމަށް އިރުޝާދު ދީފައިވާއިރު، ކޮމަންޑޫގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ 17 ބިދޭސީއަކު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.