ވެމްކޯ ބަލިކޮށް ޕޮލިސް ކުލަބު ފައިނަލަށް

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
Volley

ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކްލަބް ވެމްކޯގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ  ސެޓާއި ދެވަނަ ސެޓްގައި ޕޮލިސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ދެސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-13 އަދި 25-23 އިންނެވެ. ނަމަވެސް ވެމްކޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ތިން ވަނަ ސެޓް ކާމިޔާބުކޮށްފައެވެ. މިސެޓް ވެމްކޯއިން ކާމިޔާބުކުރީ  15-25 އިންނެވެ.

ވެމްކޯއިން ތިން ވަނަ ސެޓް ކާމިޔާބުކުރިނަމަވެސް ޕޮލިސް ކުލަބުން ވަނީ ހަތަރުވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް 25-22 އިން ސެޓް ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކެވި ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާނެ ދެވަނަ ޓީމެއް ކަނޑައެޅިގެންދާނީ މިރޭ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ވެމްކޯ އާއި ލޮރެންޒޯ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗުންނެވެ.  އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭގައެވެ.