PG meeting

ކ. ހިންމަފުއްޓާއި ތުލުސްދޫގައި މަސައްކަތްކުރާ ފުލުހުންނާ ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމް ބައްދަލުކުރައްވައިފިއެވެ.

ޖަނަވަރީ 29ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި، ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ޖިނާޢީ އިޖުރާޢަތު ފުރިހަމަކޮށް ތަޙުޤީޤުތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުންދާ ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށްޓަކައި ފުލުހުންނާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް، ކަމާގުޅުންހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު ޤަވާއިދުތަކެއް އެކުލަވާލުމާއި މައްސަލަތަކުގައި ޢަމަލުކުރަމުންދާ ގޮތްތަކަށް އަހުލުވެރިކުރުވުމަށް ސެޝަނެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމާއި ޕީ.ޖީ އޮފީހުގެ އިސްފަރާތްތަކާއި ކ.އަތޮޅު ކޮމާންޑަރާއި ތުލުސްދޫ އަދި ހިންމަފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާރޖުންނާއި އެ ދެރަށުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެފައިވެއެވެ.