MNU meeting

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ލ. ގަން ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެގޮތުން ޖަނަވަރީ 29 ވަނަ ދުވަހު، ގދ. ތިނަދޫގައި ހުންނަ އެމް.އެން.ޔޫ ކެމްޕަހުގެ އިސްވެރިންނާއެކުވެސް ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި، ދެފަރާތުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި ފުލުހުންނާ ގދ. ތިނަދޫ  ކެމްޕަސް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ގދ. އަތޮޅުގައި މިހާރު ކުރިއަށްދާ ސެލްފް ޑިފެންސް ޕްރޮގްރާމްގައި އެމް.އެން.ޔޫ ގެ މުވައްޒަފުން ބައިވެރި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުން ޖަނަވަރީ 26 ވަނަ ދުވަހު، ލ. ގަން އެމް.އެން.ޔޫ ކެމްޕަހުގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ގަން ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުން  ސައުތު ސެންޓްލަރް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް ފުރުޞަތު ހޯދައިދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާ ލ. ގަން ކެމްޕަސް ގުޅިގެން ހިންގިދާނެ އިތުރު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ދެބައްދަލުވުމުގައި، ލ. އަތޮޅާއި ގދ. އަތޮޅުގައި މަސައްކަތްކުރާ ކޮމާންޑަރުންނާއި ލ. ގަން ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.