MNDF meeting

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންނާ އެމްއެންޑީއެފާއި ލ. ފޮނަދޫ ކައުންސިލާއި ގަމު ކައުންސިލް ގުޅިގެން މިއަދު ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި، ލ. އަތޮޅުގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މުއައްސަސާތައް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފައިވެއެވެ.