Kangaroo kids parents

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީގެ ކެންގަރޫކިޑްސް ސްކޫލު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި،  އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޓްރެފިކް ނިޝާން ބޯޑުތަކަށް ސަމާލުކަންދީގެން  އުޅަނދު ދުއްވުމަށާއި ޕާރކްކުރުމުގައި ވިސްނަންވީކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ފުވައްމުލަކު ސިޓީގެ ކެންގަރޫކިޑްސް ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 45 ބެލެނިވެރިއަކު ބައިވެރިވެފައިވެއެވެ.

ފުވައްމުލަކު ސިޓީގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.