ތުޅާދޫ ފަޅުތެރެއިން ފެނުނު ހަތަރު ޕެކެޓްގެ ތެރެއިން ދެ ޕެކެޓް --
ތުޅާދޫ ފަޅުތެރެއިން ފެނުނު ހަތަރު ޕެކެޓްގެ ތެރެއިން ދެ ޕެކެޓް --

ބ. ތުޅާދޫ ފަޅުތެރެއިން ވީޑްކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ޕެކެޓް ފެނުމާއި ގުޅިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފެނިފައިވަނީ ތުޅާދޫ ފަޅުތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކަށެވެ. މިތަކެތި ފެނިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.

މިތަކެތި ފެނުނު ސަރަޙައްދު އިތުރަށް ބެލުމަށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.