ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ފުވައްމުލަކު ސިޓީގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުވައްމުލަކު ސިޓީގައި ހުރި ތިން ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މި ޖަނަވަރީ މަހުގެ 17، 18 އަދި 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި  އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވައިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި،  ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ފުވައްމުލަކު ސިޓީ އެމްޕީއެލް އާއި ވެމްކޯ އަދި ރޯޑް ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 90 މުވައްޒަފުން ބައިވެރިވެފައިވެއެވެ.