ތުލުސްދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --
ތުލުސްދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --

ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކ.ތުލުސްދޫގައި ހުންނަ ގެސްޓްހައުސްތަކުގެ ވެރިނަށާއި މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖަނަވަރީ މަހުގެ 20 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތުލުސްދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެމުންދާ ހުރިހާ ގެސްޓް ހައުސްތަކުގެ އިސްވެރިންނަށާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގައި އެތަންތަނަށް ޒިޔާރަތްކޮށް އެމެޖެންސީ ހަލަތެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެނަމަ ސަމާލުކަންދޭޖެހޭ ކަންތައްތަކާއި އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި އަގުބޮޑެތި ތަކެތި ސޭފްގައި ރައްކާކުރުމާއި ގެސްޓް ހައުސްތަކުގައި ސީސީޓީ ހަރުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމަށް މީހުން ބޭއްތިބުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ގެސްޓް ހައުސްތަކުގެ ވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން  އެރަށުގައި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަނީ މައުލޫމާތު ދީފައެވެ.  މި ޕްރޮގްރާމް ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.