viber image

 ށ. ފޭދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 ފޭދޫ ސްކޫލްގައި މިއަދު ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ ކިޔެވުމުގެ މަންހަަޖުގައި ހިމެނޭ ބައެއް ފުރިހަމަ ކުރުމުގެ ގޮތުން އެސްކޫލްގެ އެދުމުގެ މަތިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ގޭތެރޭގައާއި އާންމު މާޙައުލުގައި ރައްކާތެރިވާން ޖެހޭ ކަންކަމާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުގައިވާ މުހިންމު ބައިތަކާއި ބެހޭގޮތުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަރިވަރުންނަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ސްކޫލު މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި މޫދަށް އެރިއުޅުމުގައި  ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި، ފޭދޫ ސްކޫލްގެ ގްރޭޑް 6، ގްރޭޑް 7، ގްރޭޑް 8، ގްރޭޑް 9 ގެ ދަރިވަރުންގެ އިތުރުން ގްރޭޑް 10 އަދި ގްރޭޑް 12 ގައި ތަޢުލީމް ހާސިލްކުރަމުންދާ 77 ދަރިވަރަކު ބައިވެރިވެފައިވެއެެވެ.