isravvehin

ނެއިބަރހުޑް ސަޕޯޓު އޮފިސަރުން އިސްރަށްވެހިންނަށް ބޭއްވި ފޯރަމް، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް  މުޙައްމަދު ޙަމީދު ފައްޓަވައިދެއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިސްރަށްވެހިންނާއި އެކު މިއަދު ބޭއްވި މި ފޯރަމްގައި، އިސްރަށްވެހިންގެ ޚިޔާލާއި ތަޖުރިބާ އަދި ފުލުހުންގެ މަސައްކަތްތަކާއިމެދު އިސްރަށްވެހިންގެ އުންމީދުތައް އަޑުއަހައި މަޝްވަރާ ހޯދާފައިވެއެވެ.

އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދުމާއި، ނަފްސާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ހޯދުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ފުލުހުންނާ މުޖްތަމަޢުއާއި އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިފޯރަމްގައި އިސްރަށްވެހިންގެ ޚިޔާލު ހޯދާފައިވެއެވެ.

 ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާ ގުޅުންހުރި ވަޢުދުތަކުގެ ތެރެއިން، ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މިފޯރަމްގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، މާލެ ހިމެނޭ ސަރަޙައްދުގެ 8 ނެއިބަރހުޑުން 35 މެންބަރުން ބައިވެރިވެފައިވެއެވެ.