UPP and PMއިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ފެކަލްޓީ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އިން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕޮރޮގްރާމާއި ސެޓްފިކެޓް 3 އިން ޕޮލިސް މެނޭޖްމަންޓް ކޯސް ފަށައިފިއެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ މިދެކޯހަކީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މެއްދަތަށްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ކޯހެކެވެ.

ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމަކީ އޯ-ލެވެލް ނިންމައި މަތީ ތަޢުލީމު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުޞަތު ނުލިބި ތިބި ފުލުހުންނަށް އަމާޒުކޮށްގެން ކުރިޔަށް މިއަހަރު އަލަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ  ޔުނިވާސިޓީ އަދި ކޮލެޖްތަކުން ހިންގާ މަތީ ތަޢުލީމު ޕްރޮގްރާމްތަކަށް ދަރިވަރުން ތައްޔާރުކޮަށް އަޙުލުވެރި ކުރުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިމުމުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ނުވަތަ ރާއްޖޭގެ އެހެނިހެން ކޮލެޖް ޔުނިވާސިޓީ ތަކުން ހިންގާ ސެޓިފިކެޓް 4 ނުވަތަ ޑިޕްލޮމާ ކޯސްތަކަށް ކުރިމަތިލުމަށް ދަރިވަރުންގެ ޤާބިލުކަން އިތުރުވެގެން ދާނެއެވެ.

UPP and PM2

މިކޯހުގައި ސްޓަޑީ ސްކިލްސް، އެކަޑަމިކް ރައިޓިންގް، ބޭސިކް މެތަމެޓިކްސް އަދި ބޭސިކް އައި.ޓީ ފަދަ ބައިތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި 30 ފުލުހަކު ބައިވެރިވެއެވެ.

ސެޓްފިކެޓް 3 އިން ޕޮލިސް މެނޭޖްމަންޓް ކޯހަކީ ކުރިން ސްޓޭޝަން މެނޭޖްމަންޓް ކޯހުގެ ނަމުގައި ހިންގަމުންއައި ކޯސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ބަދަލުކުރެވި އެ އިދާރާއިން އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކޯހެކެވެ. މިކޯހުގެ މައިގަނޑު މަޤްސަދަކީ ޕޮލިސް ސްޓޭޝަންތައް ހިންގައި މެނޭޖް ކުރެވޭފެންވަރުގެ ސުޕަވައިޒަރީ ލެވެލްގެ މެނޭޖަރުން އުފެއްދުމެވެ. މި ކޯހުގައި ކިޔަވާއިދެވޭ ބައިތަކުގެ ތެރޭގައި  ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ފޮރެންސިކްސް ފޮރ މެނޭޖާރސް އަދި ޤާނޫނު ހިމެނެއެވެ. މިކޯހުގައި ޖުމްލަ 24 މުވައްޒަފުން ބައިވެރިވެއެވެ.