viber image

ށ.ފުނަދޫ އެމް.ޓީ.ސީ.ސީ ސައިޓުން ވަގަށް ނަގާފައިވާ، މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު 15:50 ހާއިރު އެމް.ޓީ.ސީ.ސީ ފުނަދޫ ސައިޓުން، މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ ށ.ފުނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި، މިތަކެތި ހޯދާފައިވަނީ އެ ސަރަޙައްދުގައި ހުރި ގަހެއްގެ ކައިރިންނެވެ.

މިމައްސަލަަ ށ.ފޮނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގުކުރަމުންނެވެ.