viber image

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.މާމެންދޫ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ހޯދާފައިވަނި މާމެންދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އާންމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ 12 ވަނަ ދުވަހު 1:35 ހާއިރު މާމެންދޫ ޕޮލިސް  ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއެކު އެގޭގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ހޮޅިކޮޅުފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

މިމައްސަލަ ލ.މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.