viber image

ގދ. ފަރެސްމާތޮޑާގައި އެކި ސަބަބުތަކާހެދި ސްކޫލަށް ނުގޮސްތިބޭ ދަރިވަރުން ކުށުގެ ވެށިިން ދުރުކޮށް، އެދަރިވަރުންނަށް ތަޢުލީމު ދިނުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ސްކޫލަށް ނުގޮސްތިބި ދަރިވަރުން ސްކޫލަށް ނުދާ ސަބަބުތައް ދެނެގަނެ، ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު މިކުދިން ސްކޫލަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެފަދަ ކުދިން ކުށުގެ ވެށިން ދުރުހެލި ކުރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިން އާއި ގދ. އަތޮޅު ކޮމާންޑަރާއި ފަރެސްމާތޮޑާ ސްކޫލުގެ އިސްވެރިންނާއި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ އިސްވެރިންނާއި ފަރެސްމާތޮޑާ ރަށު ކައުންސިލް މެމްބަރުންނާއި އެކުދިިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.