viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނުން  ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ހޯދާފައިވަނީ ލ. މަތިމަރަދޫ ސިނާއީ ސަރަޙައްދުގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 03:15 ހާއިރު ހިންގި މި އޮޕަރޭޝަންގައި، އެސަރަޙައްދުގެ ފަޅު ގެއެއް ބަލައިފާސްކޮށެވެ. މިމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ލ.ގަން  ޕޮލިސްސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.