ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ މަސްތުވާތަކެތި -- ފައިލް ފޮޓޯ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ މަސްތުވާތަކެތި -- ފައިލް ފޮޓޯ

 

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން  ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފެރެހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖަސަށް ލިބުމާއިގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖެނުވަރީ މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބުރުޒުމަގުން ސައިކަލެއްގައި ދަނިކޮށެވެ.

މިމީހާ ހުއްޓުވި ވަގުތު އެއްޗެއް ވައްޓާލުމުން، އޭނާގެ ހާޒިރުގައި އެއެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.