Azmeer

ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) އެވެ.

ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.