Heritage2

ޤައުމީ ދާރުލްއާސާރާއި، އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

 ޤައުމީ ދާރުލްއާސާރުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޤައުމީ ދާރުލްއާސާރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބެލެހެއްޓުމާއި ގުޅޭގޮތުންނެވެ.

Heritage1

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން އާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވަނީ ޤައުމީ ދާރުލްއާސާރަށާއި ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކުރައްވާފައެވެ.