Customs

މަސައްކަތުގެ މާޙައުލުގައިި ދިމާވާ ކަންކަން ހައްލުކޮށް، ކުށް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރު މުއައްސަސާތަކުގެ  މުވައްޒަފުން އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

 މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް އިއްޔެ ފަށާފައިވާއިރު، އޮފީސް މާޙައުލުގައި އެކަކު އަނެކަކުގެ އަގުވަޒަން ކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި މީގެއިތުރުން އޮފީސް މާޙައުލުގައި ޝައުޤުވެރި ކަމާއެކު މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ގެވެށި އަނިޔާއިން ސަލާމަތްވުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމްގައި މަޢުލޫމާތު ދެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.