Meetingq

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގައި ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި ހާއްސަކޮށް  ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުލުހުންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

Meeting12

މީގެއިތުރުން ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއްކަން ފާހަގަކުރައްވައި، ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންވާނީ ޤާނޫނާއި ޤާވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ކޮންމެ ފުލުހަކުވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރެއްވުމަށް އެދިލެއްވިއެވެ. އަދި ކޮންމެ ފުލުހަކީ އެފުލުހަކާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ މީހެއްގެކަން ފާހަގަކުރައްވައި، ކޮންމެ ފުލުހަކުވެސް ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިންނާއި އެކޮމާންޑުގައި މަސައްކަތްކުރައްވާ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން އަދި ސްޕެޝަލް ކޮންސްޓަބްލަރީގެ ފުލުހުން ބައިވެރިވެލެއްވިއެވެ.