nilandhoo

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކޮށްފިއެވެ.

 ނިލަންދޫ ޕޮލިސް ސްޓޭޝަނުން ޑިސެންބަރު 27 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ، ނިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ނިލަންދޫގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި، އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެއެވެ. އެގޮތުން ނިލަންދޫގައި ދުއްވާ 39 އުޅަނދު ބަލައިފާސްކޮށް، ޤަވާއިދާއި ޚިލާފުވި ތިން ފަރާތަކަށް ފިޔަވަޅު އަޅާފައިވެއެވެ.