viber image

ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މާލެސިޓީ ކައުންސިލާ ބައްދަލުކޮށްފިއެވެ.

މިމަހުގެ 17ވަނަ ދުވަހު ތަޢާރަފްކުރި ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމުގައި މާލެސިޓީ ކައުންސިލާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރޯޑްސޭފްޓީ ޕްރޮގްރާމްތަކާއިގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މާލެސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި، މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދާއި، ކައުންސިލް މެމްބަރުންނާއި، ފުލުހުންގެ މުއައްސަސާގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.