ޏ.ފުވައްމުލައް، މާލެގަން / ދަނބުގަސްދޮށުގެ, މުޙައްމަދު ޙުސައިން ދީދީ
ޏ.ފުވައްމުލައް، މާލެގަން / ދަނބުގަސްދޮށުގެ, މުޙައްމަދު ޙުސައިން ދީދީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ، އާއިލާއަށް ވީނުވީ ގޮތެއް ނޭނގި ގެއްލުނު މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް، މާލެގަން / ދަނބުގަސްދޮށުގެ, މުޙައްމަދު ޙުސައިން ދީދީ (40އ) އެވެ.

ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.