Hussain Shaheedh

 ސައުތު އޭޝިއަން ޓީޗިންގގެ 32ވަނަ  ސެޝަންގައި ބައިވެރިވުމަށް ފުލުހަކު ސްރީލަންކާއަށް ފުރައިފިއެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރ.ސީ)ގެ ފަރާތުން ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 32ވަނަ ސައުތު އޭޝިއަން ޓީޗިން ސެޝަން އޮން އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ ގައި ބައިވެރިވުމަށް ސްރީލަންކާއަށް ގޮސްފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ޝަހީދުއެވެ.

ޑިސެމްބަރ 3ން 8ށް ކުރިއަށްދާ މި ސެޝަންގައި، އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އަކީ ކޮބައިކަން ދަސްކޮށްދިނުމާއި އަދި އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ލޯ އާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ ގެ ތަފާތު ދަސްކޮށްދެވޭނެއެވެ.