Ahmed Rasheedh

އިންޓަރޕޯލުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ސިންގަޕޫރަށް ފުރައިފިއެވެ.

އިންޓަރޕޯލްގެ ކްރައިމް އަގައިންސްޓް ޗިލްޑްރެން އޭޝިއާގެ ފަރާތުން ސިންގަޕޫރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވިކްޓިމް އައިޑެންޓިިފިކޭޝަން ޓްރެއިނިންގ ޓާސްކް ފޯރސް އިން ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް ސިންގަޕޫރަށް ގޮސްފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ރަޝީދުއެވެ.

ޑިސެމްބަރ 3ން 7ށް ކުރިއަށްދާ މިތަމްރީން ޕްރޮގްރާމްގައި، އިންޓަރނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާ ބޭސް ބޭނުންކޮށްގެން، ތަޙުޤީޤުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި، ވިކްޓިމް އަދި އޮފެންޑަރސް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.