ކ-ވ: އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހިމް ސަޢީދު، ޕޮލިސް ކޯޕްރަލް ފަރީޝް އަޙްމަދު، ޕޮލިސް ސަރޖަންޓް އަޙުމަދު ޝަރީފް، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫސުފް އާދަމް--
ކ-ވ: އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހިމް ސަޢީދު، ޕޮލިސް ކޯޕްރަލް ފަރީޝް އަޙްމަދު، ޕޮލިސް ސަރޖަންޓް އަޙުމަދު ޝަރީފް، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫސުފް އާދަމް--

ތަމްރީން ޕްރޮގުރާމްތަކެއްގައި ބައިވެރިވުމަށް ސްރީލަންކާއަށާ ސިންގަޕޫރަށް ފުރައިފިއެވެ.

އިންޓަރޕޯލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ސްކޯޕިއަސް ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކެޝަން ޓްރެއިނިންގ ކޯހުގައި ބައިވެރިވުމަށް ސްރީލަންކާއަށް ފުރާފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހިމް ސަޢީދު އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫސުފް އާދަމް އާއި ޕޮލިސް ކޯޕްރަލް ފަރީޝް އަޙްމަދެވެ. މިމަހުގެ 3 ން 7 އަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވާދެވޭނީ ކާރިސާތަކުގައި އަނިޔާވެ، މަރުވެފައި ތިބޭމީހުން ދެނެގަތުމާއި، އެފަދަ ކާރިސާތަކުގެ ތަޙްޤީޤަށް ހޯދަންޖެހޭ މައުލޫމާތު ހޯދައި، ތަޙްޤީޤު ކުރިއަށް ގެންދާނެގޮތްތަކާގުޅޭގޮތުންނެވެ.

ސިންގަޕޫރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި އިންޓަރޕޯލް ގުޅިގެން ކުރިއަށްގެންދާ ކައުންޓަރިން ދަ ފައިނޭންސިން އޮފް ޓެރަރިޒަމް އެންޑް ދަ ޕްރޮލިފިކޭޝަން އޮފް ވެޕަންސް އޮފް މާސް ޑިސްޓްރަކްސަން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރާފައިވަނީ ޕޮލިސް ސަރޖަންޓް އަޙުމަދު ޝަރީފްއެވެ. މި މަހުގެ 4 ން 6 އަށް ކުރިއަށްދާ މިވޯކްޝޮޕްގައި ޓެރަރިޒަމްގެ ފައިނޭންސިން ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ދެނެގަނެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.