Meedhoo

ދުޅަހެޔޮ މުޖުތަމަޢަކަށް ކަސްރަތުގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ރ.މީދޫގައި ފަށައިފިއެވެ.

މީދޫގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް، މީދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ހެލްތް ސެންޓަރު ގުޅިގެން 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އައުޓް ޑޯ ކަސްރަތާއި މޫދު ކަސްރަތު ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ސިއްޙީ މަޢުލޫމާތު ދިނުމުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި، ކަސްރަތު ކުރުމުން ލިބޭނެ ފައިދާތަކާއި، ގޭގައި ފަސޭހަ ކަމާއެކު ކޮށްލެވޭނެ ލުއި ކަސްރަތުތައް އޮޅުންފިލުވައި ދިނުމަށް ހަމަޖެހިފައިވެއެވެ

މީދޫގެ 100ށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، މީދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިވެރިންނާއި، ކްލަބް، ޖަމްއިއްޔާ ތަކާއި އާންމު ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.