viber image

ނޭޝަނަލް ކެޑޭޓް ކޯރ އާއި އެމްއެންޑީއެފް ގުޅިގެން ގިރިފުށީގައި މިހާރު ކުރިއަށް ގެންދާ 20ވަނަ ކެޑޭޓް ކޭމްޕްގެ ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއްް، ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

 ގިރިފުށީގައި އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަންގައި ‘ކްރައިމް ޕްރިވެންޝަން’ އާއި ގުޅޭގޮތުން ކޭމްޕްގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ކުށެއް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި، ކުށެއް ކުށަކަށް ވާ ހިސާބާއި އަދި ކުށުގެ ވެށިން ދުރުހެލިވެ ތިބުމަށް މަސައްކަތްކުރަންވީ ގޮތުގެ އިތުރުން  ކުށުން ދުރުހެލިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި ދަރިވަރުންގެ ދައުރާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މީގެއިތުރުން ޒިންމާދާރު، ހަރުދަނާ މީހަކަށްވުމަށްޓަކައި ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި ދަރިވަރުންގެ އަޚްލާޤު ބައްޓަންކުރާނެ ގޮތްތަކާއި، ހަރުދަނާ މީހެއްގެ ގޮތުގައި މުޖްތަމަޢަށް ނުކުތުމަށްޓަކައި ކުރަންވީ ކަންކަމާއި އަދި ރިވެތި އަދަބުތަކާއި ސިފަތައް އަށަގެންނެވުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ކެޑޭޓް ކޭމްޕްގެ 116 ދަރިވަރުން، މިސެޝަންގައި ބައިވެރިވެފައިވެއެވެ.