Zuhair

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ.ހުޅުދޫ/ ސީސަންގެ، މުޙައްމަދު ޒުހައިރު (43އ) އެވެ.

ވީމާ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9183997ށް  ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.