Nasru

ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ދިގުވާނޑު، ފެއަރީ، ޢަޙްމަދު ނަޞްރު (39އ) އެވެ.

ވީމާ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803ށް  ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.