FVM

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން  ހިންގި އޮޕަރޭޝަނެއްގައި  ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު 14:35 ހާއިރު ޏ.ފުުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އަދި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރެހެނެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށު ހޯދަޑު، އަބޫބަކުރު ސްކޫލު ފާހާނާގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ކައްކަމުން ދަނިކޮށެވެ. އަދި އެ ފާހާނާ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާ ރީނދޫ ހަމަކާއި އަދި  ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ވަނީ ފެނިފައެވެ.

މިމައްސަލަ ޏ.ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.