Mohamed

ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބަދުއަޚްލާޤީ ޢަމަލުހިންގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުޙައްމަދު ސުނޮތް ޢަލީ (ޕާސްޕޯޓު ނަމްބަރ: 0292469 ބީސީ)އެވެ.

ވީމާ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9992245ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.