crime

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / އުޑުވިލާ، އިޤުބާލް ރިޔާޟް (22އ) އާއި ލ. މާމެންދޫ / ހުދުފަސް، އަޙްމަދު އިނާޒު (27އ) އެވެ.

ވީމާ މި ދެ މީހުންނާއިގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ނަމްބަރު 9911099ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.