Singapore

ވޯކްޝޮޕެއްގައި ބައިވެރިވުމަށް ހަތަރު ފުލުހަކު ސިންގަޕޫރަށް ފުރައިފިއެވެ.

ދަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަރޕޯލް) ގެ ފަރާތުން ސިންގަޕޫރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ސްޕެޝަލިސްޓް ގްރޫޕް އޮން ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން’ ވޯކްޝޮޕްގައި ބައިވެރިވުމަށް ސިންގަޕޫރަށް ގޮސްފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ފާރިޝްއާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ  ޢާއިޝަތު އަމްސޫދާއާއި، ޕޮލިސް ސްޓާފް ސަރޖަންޓް އަޙްމަދު އާދިލްއާއި، ޕޮލިސް ސަރޖަންޓް މަރިޔަމް އިނާޔާއެވެ.

ނޮވެމްބަރ 26ން 29ށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ކުޑަކުދިންނާއި ދެކޮޅަށް ކުރެވެމުންދާ ކުށްތަކާއި ގުޅޭގޮތުން މަޢުލޫމާތު ލިބިގެންދިއުމާއި، މިސަޙައްދުގެ އެހެނިހެން ޤައުމުތަކުގައި ދިމާވަމުންދާ މިފަދަ މައްސަލަތަކާއި ގުޅިގެން ޢަމަލު ކުރެވެމުންދާ އުޞޫލުތަކާއި، ހެދިފައިވާ ގައިޑްލައިންސް އާއި ބެސްޓް ޕްރެކްޓިސް ދަސްވެގެންދާނެއެވެ.