Basheer Sir

ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ލަންޑަނަށް ފުރައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން، ޔުނައިޓެޑް ކިންގްޑަމްގެ ލަންޑަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘އިފެކްޓިވް އިޕްލިމެންޓޭޝަން އޮފް ސެކިއުރިޓީ މެޝަރސް ރިލަވަންޓް ޓު މެރިޓައިމް އޮފް އޯފް-ޝޯރ ޕްލެޓްފޯރމްސް’  ވޯކްޝޮޕްގައި ބައިވެރިވުމަށް ލަންޑަނަށް ގޮސްފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.

ނޮވެމްބަރ 27ން 29ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިވޯކްޝޮޕްގައި، މެރިޓައިމް ސެކިއުރިޓީ ވަރުގަދަކޮށް، މެރިޓައިމް ސެކިއުރިޓީއާއި ދަތުރުފަތުރުގައި ކައުންޓަރ ޓެރަރިޒަމްގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ދެނެގަނެވިގެންދާނެއެވެ. އަދި މީގެއިތުރުން ޕޯޓް ފެސިލިޓީސްތަކުގައި ހުރި ރިސްކްތައް ދެނެގަނެ އެފަދަ ކަންކަމުން ދުރުހެލިވުމަށްޓަކައި ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.