minister

ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި މި ބައްދަލުކުރެއްވުމަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމާއި އައްޝެއިޚް އިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ފުލުހުންގެ އެކިދާއިރާތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.