viber image

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އާއި، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި، ޔުނިސެފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން “ސަޕޯރޓިންގ  ވަލްނަރަބަލް ފެމެލީސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ބައްސަވާ ދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފްއެވެ.

ފަސް ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 35 ފަރާތަކުން ބައިވެރިވެފައިވެއެވެ.