Philli Course

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ފިލިޕީންސްއަށް ފުރައިފިއެވެ.

ފިލިޕީންސްގެ މަނިލާގައި އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރީޖަނަލް ޓްރޭނިންގ ކޯސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ކެޝުއަލިޓީ އިންވެސްޓިގޭޝަން ކޯޑު ކޯހުގައި ބައިވެރިވުމަށް ފިލިޕީންސްއަށް ގޮސްފައިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް ރިމާޒް އަބްދުއްރަހީމްއެވެ.

މި ނޮވެމްބަރ މަހުގެ 5 ން 16 އަށް ކުރިއަށްދާ މިކޯހުގައި، ކެޝުއަލްޓީ އިންވެސްޓިގޭޓަރުންނަށް ކެޝުއަލްޓީ އިންވެސްޓިގޭޝަން ކޯޑުގެ އެންމެފަހުގެ ކުރިއެރުންތަކާއި ގުޅޭގޮތުންނާއި ކަނޑުމަތީގައި ދިމާވާ ހާދިސާތައް ތަހުޤީޤުކުރުމުގައި، ހެދިފައިވާ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި ޕްރެކްޓިސްތަކާއި އެއްގޮތަށް ތަހުޤީޤުތައް ކުރިޔަށްގެންދިއުމަށް ދަސްކޮށްދެވޭނެއެވެ.