ކ-ވ: ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ)، ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) --
ކ-ވ: ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ)، ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) --

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ) އާއި ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) އެވެ.

މިދެމީހުންގެ ތެރެއިން ޢަލީ މިސްބާޙް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބައިތިއްބައިގެން ނޮވެމްބަރު 8 ވަނަ ދުވަހުގެ 10:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ. އަދި ޙަސަން މުޙައްމަދު ހޯދަމުންދަނީ  ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބައިތިއްބައިގެން ނޮވެމްބަރު 8 ވަނަ ދުވަހުގެ 11:30ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ  މިދެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.