މަތިން ކ-ވ:  އަޙްމަދު ރިޝްވާން، އިސްމާޢީލް ސާމިޙް އަޙްމަދު، ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހީމް ރަޝީދު، އިބްރާހީމް މުޙައްމަދު ދީދީ އަދި ތިރިން ކ-ވ:  ޢަލީ މުޙައްމަދު ދީދީ، އަޙްމަދު ޙަނީފް --
މަތިން ކ-ވ:  އަޙްމަދު ރިޝްވާން، އިސްމާޢީލް ސާމިޙް އަޙްމަދު، ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހީމް ރަޝީދު، އިބްރާހީމް މުޙައްމަދު ދީދީ އަދި ތިރިން ކ-ވ:  ޢަލީ މުޙައްމަދު ދީދީ، އަޙްމަދު ޙަނީފް --

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، ރިޔާސާމަންޒިލް، އަޙްމަދު ރިޝްވާން (31އ) އާއި ގ.ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙް އަޙްމަދު (37އ) އާއި ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހީމް ރަޝީދު (53އ) އާއި ޏ.ފުވައްމުލައް، މިސްކިތްމަގު ވަޑިގެ، އިބްރާހީމް މުޙައްމަދު ދީދީ (64އ) އާއި ޏ.ފުވައްމުލައް، މިސްކިތްމަގު ވަޑިގެ، ޢަލީ މުޙައްމަދު ދީދީ (64އ) އާއި ދަފްތަރު ނަންބަރު ރސ 5490 ، މާލެ އަޙްމަދު ޙަނީފް (52އ)އެވެ.

މިމީހުންގެ ތެރެއިން އަޙްމަދު ރިޝްވާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޛު ކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ 09:30ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިސްމާޢީލް ސާމިޙް އަޙްމަދު އާއި އިބްރާހީމް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބައިތިއްބައިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ 10:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިބްރާހީމް މުޙައްމަދު ދީދީ އާއި ޢަލީ މުޙައްމަދު ދީދީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބައިތިއްބައިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ 10:45ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަޙްމަދު ޙަނީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޛު ކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ 11:45ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ  މި ހަ މީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.