LH

ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނުން އެރަށު މަދަރުސާގެ ލިޓިލް މެއިޑް ޕެކް 4 އަދި 5 ގެ ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް އާއި ރޯޑް ސޭފްޓީ އާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކުރެންދޫ އަތޮޅު މަދަރުސާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ލިޓިލްމެއިޑް ދަރިވަރުން ރޯޑް ސޭފްޓީ ބެޖް ހާސިލް ކުރުމަށް ކުރިއަށް ގެންދެވުނު މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެކެވެ.

ނޮވެމްބަރ 5 ވަނަ ދުވަހުގެ ހަވީރު ކުރެންދޫ ސްކޫލްގައި 2 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ޓްރެފިކް ނިޝާން ތަކާއި މަގުމަތީގެ އަދަބުތަކާއި މަގު ހުރަސްކުރާއިރު ބަލަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

މި ޕްރޮގްރާމްގައި ކުރެންދޫ ސްކޫލްގެ 24 ދަރިވަރުން ބައިވެރިވެފައިވާއިރު މީގެ ދެވަނަ ބުރު 7 ނޮވެމްބަރ ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.