viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއެކު ލ. ގަމުން މީހަކު ހައްޔަރުކޮށްފިއެވެ.

ލ. ގަމު ވަލުތެރޭގައި ބަނގުރާ އުފައްދަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އޮކްޓޫބަރ 29ވަނަ ދުވަހުގެ ހަވީރު ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިމީހާ ހުރި ސަރަހައްދު ބަލައިފާސްކުރި ކުރުމުން، ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ކަމަށް ބެލެވޭ ތަކެތި އެސަރަޙައްދުން ފެނިފައިވެއެވެ.

މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް  ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.