Laamu1

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.މާވަށް ޕޮލިސް ސްޓޭޝަނުން  ހިންގި އޮޕަރޭޝަނެއްގައި  ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ފުޅިތަކަކާއެކު ލ.މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ލ.މާވަށު ޕޮލިސް ސްޓޭޝަނާއި އަދި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.

މިއަދު 15:15 ހާއިރު ހިންގި މި އޮޕަރޭޝަންގައި މިމީހާ ލ.މާވަށު ބަނދަރު ސަރަޙައްދުން ހުއްޓުވައި ބަލާފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 2 ފުޅި ފެނިފައިވެއެވެ

މިމައްސަލަ ލ.މާވަށު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.