މަސްތުވާތަކެއްޗާއެކު މީހަކު އދ.ދަނގެތިން ހައްޔަރުކޮށްފި

ޕޮލިސް ސަރޖަންޓް މުޙައްމަދު މަޢުސޫމް
Dhagethi Drugpic

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން  ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.

މިމަހުގެ 29 ވަނަދުވަހު ހިންގި މި އޮޕަރޭޝަންގައި މަގުމަތިން މިމީހާ ހުއްޓުވައި ބަލާފާސްކުރިއިރު އޭނަގެ އަތުގައި އޮތް ދަބަހުގެ ތެރެއިން  ފެނުނު ޕީނަޓް ބަޓަރު ދަޅެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލަ އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.