ކ-ވ: ގދ. ގައްދޫ،ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (38އ) އާއި ގދ. ހޯނޑެއްދޫ، މެޑޯޒް، ޢަބްދުﷲ ރިފްޢަތު (42އ) --
ކ-ވ: ގދ. ގައްދޫ،ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (38އ) އާއި ގދ. ހޯނޑެއްދޫ، މެޑޯޒް، ޢަބްދުﷲ ރިފްޢަތު (42އ) --

 

ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ގދ. ގައްދޫ،ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (38އ) އާއި ގދ. ހޯނޑެއްދޫ، މެޑޯޒް، ޢަބްދުﷲ ރިފްޢަތު (42އ) އެވެ.

މިދެމީހުންގެ ތެރެއިން މުޙައްމަދު ޢަރީފް ހޯދަމުންދަނީ ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ޚަރަދުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އަދި ޢަބްދުﷲ ރިފްޢަތު ހޯދަމުންދަނީ  ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ސާބިތުދަރަނީގެ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވުމުގެ އަމުރަތަކަށް ކޯޓަށް ޙާޟިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.