farukoi

ޅ.އަތޮޅުގެ ބައެއް ސްކޫލް ތަކުން ކުރިއަށް ގެންދިޔަ ފަރުކޮއި ޕްރޮގްރާމްގައި އެއަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން އެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން އޯގަސްޓް މަހުގެ 02 ވަނަދުވަހުން ފެށިގެން މިމަހުގެ 26 ވަނަދުވަހުގެ ނިޔަލަށް ޅ.ހިންނަވަރު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގެފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 01  އިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގައި ޖުމްލަ 533 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙް އިން ކުރިއަށް ގެންދާ ފަރުކޮއި ޕްރޮގްރާމްގައި ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިމަހުގެ 21 ވަނަދުވަހުން ފެށިގެން ކުރިއަށްދާ މިޕްރޮގްރާމްގައި މިހާތަނަށް ޖުމްލަ 593 ދަރިވަރަކުވަނީ ބައިވެރިވެފައެވެ. އަދި މިހާތަނަށްމިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 03 އިން ފެށިގެން 10ގެ ދަރިވަރުންނަށެވެ.